މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ހއ. އިހަވަންދޫ އަށް ވަޑައިގެން، ނާޒިމްގެ ކެމްޕޭން ޖަލްސާ އެއް ބާއްވައިފިއެވެ.
އެ ރަށުގެ ގޭގެޔަށް ޒިޔާރަށް ކުރައްވާ، ރައްޔިތުންގެ ހާލު ބައްލަވާ ލައްވާ، ރައްޔިތުންނަށް ޖެހިފައިވާ މުހުތާދުތައް ވަނީ އޮޅުން ފިލުއްވާފައެވެ.
ހއ. އިހަވަންދޫގައި ބޭއްވެވި ޖަލްސާގައި އެމް.އެން.ޕީ ގެ މަޤްސަދަކީ ކޮބައި ކަމާއި، މި ޕާޓީ އަކީ ދިވެހި ޤައުމަށް ހިތާއި ރޫހުން ހިދުމަށް ކުރުމަށް ނުކުށް ޕާޓީ އެއް ކަމަށާއި، މި ޕާޓީ އަކީ އިސްލާމީ ވަހުދަތު ހިފަހައްޓާ ނަގަހައްޓައިދީ، ޒަމާނީ ތަރައްޤީ އަށް މަސައްކަތް ކުރާނެ ޕާޓީ އެއް ކަމުގެ ޔަޤީންކަން ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.