ރޭދުވާ ޓީމް

އެމް.އެން.ޕީ ގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް ހއ. ދިއްދޫ އަށް ވަޑައިގެން ޖަގަހަ ހުޅުވައި ދެއްވައިފި !

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ހއ. ދިއްދޫ އަށް ވަޑައިގެން، ނާޒިމްގެ ކެމްޕޭން ހަރަކާތައް ހިންގަވަން ހއ. ދިއްދޫގައި އެމް.އެން.ޕީގެ ޖަގަހަ އެއް ހުޅުވައި ދެއްވައިފިއެވެ.

ހއ. ދިއްދޫގައި ރައްޔިތުންނާއި ބައްދަލު ކޮށް، އެމް.އެން.ޕީ ގެ މަޤްސަދަކީ ކޮބައި ކަމާއި، މި ޕާޓީ އަކީ ދިވެހި ޤައުމަށް ހިތާއި ރޫހުން ހިދުމަށް ކުރުމަށް ނުކުށް ޕާޓީ އެއް ކަމަށާއި، މި ޕާޓީ އަކީ އިސްލާމީ ވަހުދަތު ހިފަހައްޓާ ނަގަހައްޓައިދީ، ޒަމާނީ ތަރައްޤީ އަށް މަސައްކަތް ކުރާނެ ޕާޓީ އެއް ކަމުގެ ޔަޤީންކަން ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ދިއްދޫގެ ކުރިމަގާއި، ޒުވާނުންނަށް އޮތް އުންމީދުގެ ވާހަކަ ނާޒިމް ފާހަގަ ކުރައްވާ ޒުވާނުން ހިއްވަރާ އެކު ނުކުމެ ނާޒިމް ހޮވައި ދިނުމަށް ވަނީ އެދިފައެވެ.

އެ ރަށުގެ ގޭގެޔަށް ޒިޔާރަށް ކުރައްވާ، ރައްޔިތުންގެ ހާލު ބައްލަވާ ލައްވާ، ރައްޔިތުންނަށް ޖެހިފައިވާ މުހުތާދުތައް ވަނީ އޮޅުން ފިލުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ !