ރޭދުވާ ޓީމް

ގެދޮރުވެރިން ޕޯޓަލްގައި ބިން ލިބޭ މީހުންނަށް ޕޮއިންޓް ލިބޭ ގޮތެއް ނެތް

މާލޭ ސިޓީ ގެ ރައްޔިތުންނަށް ބޯހިޔާވަހި ވާނޭ ގޮތެއް ނެތިގެން، ބޯހިޔާވަހި ވާނޭ ގޮތެއް ހޯދައި ދިނުމުގެ ނިޔަތުގަ ކަމަށް މި ސަރުކާރުން ވިދާޅުވެ، ގެދޮރުވެރިން ޕޯރޓަލް ކިޔުނު ޕޯރޓަލް އެއް ވަނީ ލޯންޗް ކޮށްފައެވެ. އަދި ބޯހިޔާ ވަހި ކަމެއް ލިބޭނޭ ކަމުގެ އުންމީދުގައި އެތައް އެތައް ހާސް ރައްޔިތުންނެއް ވަނީ ފޯމް ހުށަހަޅާފައެވެ.

ގެދޮރުވެރިން ޕޯރޓަލްއަށް އެތައް ހާސް ރައްޔިތުންނެއް ވަނީ ފޯރމް ހުށަހަޅާފައެވެ. އަދި ހުދު އަޅުގަނޑަކީވެސް ފޯމު ހުށަހެޅި ފަރާތަކީމެވެ. ވީމާ އަޅުގަނޑުވެސް، ތިޔަ އެންމެހައި ރައްޔިތުންނެކޭ އެއްގޮތަކަށް މި ސަރުކާރުން ދެއްކި ނަނާ ހުވަފެނުގައި ޖެހި، އޭގެ ތެރެއަށް ގަރަޤު ވެވުނީ އެވެ. ވާނީވެސް އެހެންތާ އެވެ. އެ އެއްޗެއްގެ ބޭނުން އެންމެ ބޮޑަށް އިހުސާސް ކުރެވޭ ފަރާތްތައް އޭގެ ތެރެއަށް ގެބި ގަރަޤު ވެގެން ވިޔަސް، އެބަޔެއްގެ ދަރިފަސްކޮޅަށް ޓަކައި ނަމަވެސް މިއަދު ބޯން ޖެހުނު ކޮންމެ ހިތި ބޭހެއް މިއަދުގެ މިޖީލު ބުއިމަށް މި ތިބީ ތައްޔާރަށެވެ. ސަބަބަކީ މާލޭ ރައްޔިތަކަށް ގޯއްޗެއް ނުދެއްވާތާ 60 އެތައް އަހަރެއް ފާއިތުވެ ހިނގައި ދިޔައީތީއެވެ.

އެހެން ކަމުން ދެން އަޅުގަނޑު ނަޒަރު ހުއްޓިގެން ދިޔައީ ގެދޮރުވެރިން ޕޯޓަލްގައިވާ އުސޫލުގެ ސުރުހީ ތަކުގެ މައްޗަށެވެ.

މިގޮތުންގެ މަތިން ގެދޮރުވެރިޔާގެ އުސޫލު ތަކަށް ނަޒަރު ހިންގާލީމެވެ، ގެދޮރުވެރިޔާގެ އުސޫލު ދެން ކޮންމެވެސް ވަރަށް އިންސާފުވެރިކަން ފާހަގަ ކުރަމެވެ. ސަބަބަކީ ޕޮއިންތް ދެވޭނެ މިންވަރު ތަކާއި، ޕޮއިންޓް ދެވޭނެ ގޮތްތައް އޭގައި ބަޔާން ކޮށްފައިވާތީ އެވެ. ނަމަވެސް ހިތާމަޔަކީ ބިންވެރިޔާގެ ޤަވާއިދު ބަލާލި ވަގުތު، ޕޮއިންޓް ދޭނެ ގޮތެއްވެސް، ޕޮއިންޓް ލިބޭ މިންގަނޑެއްވެސް ބަޔާން ކޮށްފައި ނެތުމެވެ.

މިހެން މިކަން ހުރުމުން ފުރަތަމަ ވެސް އަޅުގަނޑުގެ ހިތަށް އައި މިހެން މިކަން ހަމަ ވަރިހަމަ ކޮށްލައިގެން ތިބެންވީ ތޯއެވެ ؟ މި ޤައުމުގެ ހިއްވަރު ގަދަ ދަރީން ކޮބައި ތޯ އެވެ ؟ މިއިން ކަމަކާ އަނޑު ނޫފުއްލަނީ ހަމަ އަސްލުގަވެސް މާލޭ ރައްޔިތުން މިހާރު ދިރިއުޅޭ ކުޑަ ތަން ކޮޅަކީ ހައްޤު މިންވަރު ކަމަށް ޤަބޫލު ކުރެވޭތީ ތޯ އެވެ ؟ ނުވަތަ ހަމަ ބަހެއް ބުނެފި ނަމަ ވަޒީފާ ގެއްލިދާނެތީ ބިރުން ތޯ އެވެ ؟

މީ ހައްތަހާވެސް އަޅުގަނޑުގެ ހިތުތެރޭގައި އެވަގުތު ބަނޑުން ކުރުވި ސުވާލު ތަކުގެ ތެރެއިން ބައެއް ސުވާލެވެ.

ހިޔާލު ފާޅުކުރައްވާ !