ރޭދުވާ ޓީމް

އިބޫ ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވީ މަސްކަނޑު މައްސަލަ އޮށްބާލަން !

މައްސަލައިގެ ފެށުން:

ދިވެހީންގެ ސިޔާދަތީ ހައްޤު އޮތް 7 އަތޮޅު ހިމެނޭ ފޯޅަވަހި ސަރަހައްދާއި އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ތެރޭގައި ހިމެނޭ 200 ނޯޓިކަލްމޭލުގެ ތެރޭން 45000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު މަސްކަނޑު ހިމެނޭ ސަރަހައްދެއް ރައްޔިތުންނަށް ސިއްރުން އަދި ގާނޫނޫއަސާސީ އާއި ހިލާފަށް ސިއްރު ސިޓީއަކުން ސިއްރު ޑީލަކުން ދެހާސް ކިލޯ މީޓަރުގެ ދުރުގައި އޮތް އެފްރިކާގެ ގައުމަކަށް  ވިއްކާލި މައްސަލައެވެ.

ވީކިހިނެތް ؟

މި މަރުތަޅަކީ ގައުމަށް ހިޔާނާތްތެރިވި އަދި ގައުމަށް ގައްދާރުވި  ބަންޑާރަ ނައިބު ރިފްއަތާއި އަބުދުﷲ ސާހިދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުގެ އަދި ޖަވާބުދާރީ ކުރުމުގެ ދޮރުތައް ބަންދުކުރާން  ސަރުކާރުން ގަސްތުގައި އެޅުވި މަރުތަޅެކެވެ.

މި މަރުތަޅަކީ ތަހުޒީބު ޑިމޮކްރަސީތަކުގައި ގެންގުޅޭ ޖަވާބުދާރީ ކުރުމުގެ ހަމަތަކުގެ ތެރެއިން ބަންޑާރަ ނައިބު ރިފްއަތު ޖަވާބުދާރީކުރާން މަޖިލީޙުގެ ރިޔާސަތުން ބާރުއެޅުމުން އެޅުވި މަރުތަޅެކެވެ.

މިމަރުތަޅަކީ ނަޝީދު  ނަން ކުރިއަށް ލައިގެން މަޖިލީހު ތަޅުމުގައި ގޮވާ އައުގުރާނައިގެ ނިސްބަތުން މެމްބަރުންނަށް ބޯނަސް ލިބޭގޮތަށް އަދި މެމްބަރުންގެ ހިއުމަން ޓްރެފިކިން ޖިންސީ ގޯނާ ކޮރަޕްޝަން  މައްސަލަތައް ވެސް އޮއްބާލާ ގޮތަށް މަޖިލީހުގައި ސަރުކާރުން އަޅުވައިފައިވާ މަރުތަޅެކެވެ.

ސޯލިހާއި ސާހިދާއި އަސްލަމަކީ އެމްޑީޕީ ޕީޖީ ގުރޫޕްގެ ތަޖުރިބާނެތް 3 މީހުންކަމަށް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ މިއީ މިތިން މީހުން ރާވައިގެން މަޖިލީހުގައި އަޅުވައިގެން އުޅޭ މަރުތަޅެކެވެ.

މި މަރުތަޅަކީ މަޖިލީހުގެ ކޮމިޓީތަކުގެ ސުޕަރމެޖޯރިޓީ ގެއްލުނީމައި ވެސް ހުރިހާ ކޮމިޓީގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ ކަމަށް ބުނެ އަޅުވާފައިވާ ހީލަތްތެރި މަރުތަޅެކެވެ.

މިމަރުތަޅަކީ ދައުލަތުގެ ކުންފުނިތައް ޖަވާބުދާރީކުރާން އޮންނަ އެސް.އޯ.އީ ކޮމިޓީގައި ސަރުކާރުން އެޅުވި މަރުތަޅެކެވެ. މި މަރުތަޅަކީ މާލިއްޔަތު ކޮމިޓީ މެޖޯރިޓީ ދޭންޖެހޭނީ ސަރުކާރު މެމްބަރންނަށް ކަމަށްބުނެ ރައްޔިތުންގެ މަލީއްޔަތުން ކުރިވައްކަންތަކާއި ކުރަމުންދާ ވައްކަންތައް ބަލާނެ ފުރުސަތު ރައްޔިތުންނަށް ނުދިނުމަށް މަޖިލީހުގައި އަޅުވާފައިވާ މަކަރުވެރި މަރުތަޅެކެވެ

ހިޔާލު ފާޅުކުރައްވާ !