ރޭދުވާ ޓީމް

ނ.މަނަދޫ އަތޮޅު ހޮސްޕިޓަލް އައު އިމާރާތުގެ މަސައްކަތް ނުފެށުނު !

މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ހިންގާ މަސްރޫޢު އެއްގެ ގޮތުގައި ނ. މަނަދޫ ގައި 28 ޖޫން 2023 ގައި ނ. އަތޮޅު ހޮސްޕިޓަލްގެ އައި އިމާރާތް އެޅުމުގެ މަސައްކަތް ފަށަން ވަނީ ނިންމާފައެވެ. އަދި މި މަސްރޫޢު އަށް ދިވެހި ސަރުކާރުގެ ބަޖެޓުން 2023 ވަނަ އަހަރު ހަރަދު ކުރުމަށް ހަމަ ޖެހިފައިވަނީ 7,338,354 (ހަތް މިލިޔަން ތިން ލައްކަ ތިރީސް އަށްހާސް ތިން ސަތޭކަ ފަންސާސް ހަތަރެއް) ދިވެހި ރުފިޔާ އެވެ. އަދި 2024 ވަނަ އަހަރު މި މަސްރޫއު އަށް ބަޖުޓު ކުރެވިފައިވަނީ 8,255,648 (އަށް މިލިޔަން ދެލައްކަ ފަންސާސް ފަސްހާސް ހަސަތޭކަ ސާޅީސް އަށެއް) ދިވެހި ރުފިޔާ އެވެ.

ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އަޅާ ނިންމޭނެ ކަމަށް ލަފާކުރެވިފައިވާ ތާރީހަކީ 20 ޖޫން 2024 ވަނަ ދުވަހެވެ. މީގެ ކުރިން ނ. އަތޮޅު ގައި މަލްޓި ސުޕެސާލިޓީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމުނެވެ. އަދި އެ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވަނީ ނ. މަނަދޫ ގައެވެ. ނަމަވެސް ހިތާމަޔަކީ ނ. މަނަދޫ ދާއިރާގެ މެމްބަރުގެ ފަރުވާ ކުޑަ ކަމުން އެ މަސްރޫޢު ނ. މަނަދޫ އަށް ގެއްލިގެން ދިޔުމެވެ.

އިސްވެ ބަޔާން ކުރެވުނު މަސްރޫޢު ވެސް ނުފެށި އުޅެނީ ދާއިރާގެ މެމްބަރު އެކަމާއި އަޅާ ނުލައިގެން ކަމަށް މަނަދޫ ގިނަ އަދެއްދެއްގެ ރައްޔިތުން އަންނަނީ ފާހަގަ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ !