ރޭދުވާ ޓީމް

ރައީސް ނަޝީދު އެމް.ޑީ.ޕީ ދޫކުރައްވާ ނުކުމެ ވަޑައިގެންފި !

ރައީސް ނަޝީދު އެމް.ޑީ.ޕީ ދޫކުރައްވާ ނުކުމެ ވަޑައިގެންނެވި ކަން ޓުވީޓަރ ގައި ހާމަ ކުރައްވަވާ ވިދާޅުވެފައިވަނީ “ގައުމުގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މިވަގުތު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ”.

ރައީސް ނަޝީދު އަށް ތާއީދު ކުރައްވަވާ، ރައީސް ނަޝީދުގެ ސަޕޯރޓަރުން ވަނީ ދަ ޑިމޮކުރެޓްސް ގެ ނަމުގައި ސިޔާސީ ޕާޓީ އެއް ހެދުމަށް، އިލެކްޝަންސް ކޮމިޝަން އަށްވެސް ހުށަހަޅާފައެވެ. ނަމަވެސް، ޕާޓީން ހުށަހެޅި ފޯމުތައް ވެރިފައި ކުރަނީ ކަމަށްބުނެ، ޤާނޫނުން އިލެކްޝަންސް ކޮމިޝަން އަށް ލިބިގެންވާ 3 މަސް ދުވަހުގެ މުހުލަތު، އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ބޭނުން ކުރައްވަމުންނެވެ. އެހެން ކަމުން އަދިވެސް ދަ ޑިމޮކުރެޓްސް ނަމުގައި އުފައްދާ ސިޔާސީ ޕާޓީ އުފެއްދުމުގެ ރަސްމީ ހުއްދަ އިލެކްޝަންސް ކޮމިޝަން އިން ދެއްވާފައި ނުވެއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅު ވަމުން ގެންދަވަނީ، މިއީ އެމް.ޑީ.ޕީ ގެ ޖަނާޒާ ބޭއްވި ދުވަސް ކަމުގައެވެ. އެހެންވީމާ ދެން އިތުރަށް އެމް.ޑީ.ޕީ ކިޔާ ޕާޓީ އެއް އަދި ފިކުރެއް މި ރާއްޖޭގައި ނެތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ !