ފުލުހުންގެ ބޯޑަށް ޙާމިދު ޢައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން ޢައްޔަންކުރާ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު ކަނޑައެޅުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ޙާމިދުގެ ނަން ފާސްކޮށްފައެވެ.

ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުމުން ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ

1- ލަބީޤު މުޙައްމަދު މާހިރު / މ.މަނަދޫ ވިއު

2- ޒުބައިރު އަޙްމަދު މަނިކު / ގ.މަލްވިނަ

3- ޒީނަތު ޢަލީ / ދަފްތަރު 2616

4- ޢަލީ މުޙައްމަދު މަނިކު / ދަފްތަރު 1851

5- ޙާމިދު ޢަބްދުލްޣަފޫރު / ހ.ޝޭޑީ ކޯނަރ

ޕޮލިސް ބޯޑުގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ކޮމެންޓެއް ކުރައްވާ !

Your email address will not be published. ފުރުން މަޖުބޫރު ގޮޅިތައް އެވަނީ ފާހަގަ ކުރެވިފައި *